ދިވެހިރާއްޖެ
މި މަރުކަޒުންދޭ ނަމޫނާއާ އެއްގޮތަށް 5 ސްޓަޑީ ބެންޗް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 މާރިޗު 2023 އިން 26 މާރިޗު 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:15 އިން 13:00 އަށް މި މަރުކަޒު އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮންލައިން ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 މާރިޗު 2023 އަންގާރަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2 އޭޕްރީލު 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަންބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
- ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު6528817 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]