މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1444 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 04 ވަނަ ދުވަހުން ފެށިގެން 1444 ރަމަޟާން 27 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދުންނެވެ. އެހެންކަމުން ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު، ރުފިޔާ މާރުކުރައްވައިގެން ހަމައަށް ގެނައުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޢާންމުކޮށްފައިވާ ރޭޓުތަކުންނެވެ.

އެގޮތުން މިނިސްޓްރީން ޢާންމުކޮށްފައިވާ ރޭޓުތައް ތިރީގައި އެވަނީއެވެ.

އާދައިގެ  ހަނޑޫ

ތައިލެންޑް  ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެމޮޅު)

އާދައިގެ ފުށް

އާޓާ ފުށް

12ރ

(ބާރަ ރުފިޔާ)

84ރ

(އަށްޑިހަ ހަތަރު ރުފިޔާ)

99ރ

(ނުވަދިހަ ނުވަ ރުފިޔާ)

84ރ

(އަށްޑިހަ ހަތަރު ރުފިޔާ)

100ރ

(އެއްސަތޭކަ ރުފިޔާ)

125ރ

(އެއްސަތޭކަ ފަންސަވީސް ރުފިޔާ)

12ރ

(ބާރަ ރުފިޔާ)

75ރ

(ހަތްދިހަ ފަސް ރުފިޔާ)

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

20 މާރިޗު 2023
ހޯދާ