ދިވެހިރާއްޖެ
އިޢުލާން
25 މާރިޗު 2023 އިން ފެށިގެން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މި ސަރވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ވާހަކަ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މިސާރވިސަސް ހުޅުވިފައިހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 03:00 އަދި ރޭގަނޑު 8:00 އިން 02:00 އަށެވެ. މި ވަގުތުތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
| 
 ޚިދުމަތް  | 
 ހެނދުނު  | 
 ރޭގަނޑު  | 
| 
 އެޗް. ބީ ބެލުމާއި ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން (ހޮނިހިރު - ބުރާސްފަތި)  | 
 09:00 – 14:30  | 
 20:00 – 00:00  | 
| 
 ތެލެސީމިއާ ސްކްރީނިންގ  | 
 09:15 – 12:00  | 
 -  | 
| 
 ތެލެސީމިއާ ކާޑް ދޫކުރުން  | 
 09:15 – 12:00  | 
 -  | 
| 
 ޑޯނަރުން ގައިން ލޭ ނެގުން  | 
 09:00 – 14:00  | 
 20:00 – 01:00  | 
| 
 ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން  | 
 09:00 – 13:00  | 
 20:00 – 23:30  | 
| 
 ބޭސްދޫކުރުން  | 
 09:00 –14:30  | 
 21:00 – 01:30  | 
| 
 ލޭ ގުޅައިދިނުން (1 ޔުނިޓް)  | 
 09:00 – 10:30 (ހުރިހާ އުމުރެއްގެ ކުދިންނަށް)  | 
 20:00 – 21:30 (12 އަހަރުން މަތި)  | 
| 
 ލޭ ގުޅައިދިނުން (2 ޔުނިޓް)  | 
 09:00 – 09:30 (ހުރިހާ އުމުރެއްގެ ކުދިންނަށް)  | 
 20:00 – 20:30 (12 އަހަރުން މަތި)  | 
| 
 ޑޮކްޓަރުން ބެއްލެވުން  | 
 09:00 – 14:45  | 
 20:00 – 01:45  | 
| 
 އައިޖީއެމްއެޗް ޓެސްޓުތަށް ހެދުމަށް ސާމްޕަލް ނެގުން  | 
 09:00 – 14:30  | 
 -  | 
ނޯޓް: ޑޯނަރުން ގައިން ލޭ ނެގުމަށްފަހު،ކުއްޖާ ގައިން ހެނދުނު 12:00 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ އެރޭ 22:30 ގައެވެ. ރޭގަނޑު 22:30 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަދި ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގޭނީ އެދުވަހުގެ 22:30 ގެ ކުރިންނެވެ.
