ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ސީނިއަރ އެކައުންޓްސް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ޕްރޮކިއުމަންޓް ޔުނިޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަމަކުރަންޖެހޭ ހުރިހާ ލިޔުމެއް ހަމަކުރުމަށްފަހު ޔުނިޓްގެ ހެޑްގެ ސޮއި ހޯދައި ޔުނިޓަށް ލިބޭތާ 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ބިލްތައް ފައިނޭންސް ޔުނިޓަށް ހަވާލު ކުރުވުން. ( މިގޮތަށް ހަވާލުކުރެވޭ ބިލްތައް ފައިނޭންސް ޔުނިޓަށް ލިބުނުކަމުގެ ސޮއި ކުރުވުމަށްފަހު އެލިޔުންތައް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން. )
- އޮފީހަށް ހޯދާ އެސެޓްތައް އިންވެންޓްރީއަށް ނަގައި ނަންބަރުދީ ނީލަމަށް ފޮނުވޭ ނުވަތަ ނައްތާލާ ތަކެތި އިންވެންޓްރީން އުނިކުރުމާއި، އެސެޓްތަކުގެ ސްޓޭޓަސް ސްޕަވައިޒްކޮށް ބެލެހެއްޓުން އަދި އެސެޓް މެނޭޖްމަންޓާބެހޭ ކަންތައް ހިންގައި ބެލެހެއްޓުން.
- އެކިއެކި ފަރާތްތަކުން ހޯދަން އެދޭ އެސެޓްތައް ހަމަޖެހިފައިވާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް
- މިނިސްޓްރީގައި ހުންނަ ފަރނީޗަރާއި އިކްއިޕްމަންޓްސްގެ ހާލަތު ބަލައި ރިޕޯޓު ކުރުމަށް އެޑްމިން ޔުނިޓަށް އަންގައި، އެވަގުތަކަށް ގެންނަން ޖެހޭ ބަދަލެއް، ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށް ގެނައުމާއި މިފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
- އޮފީހުން ނީލަމަށް ފޮނުވަން ހަވާލުކުރާ ތަކެތި ބަލައިގަނެ ލިސްޓް ހަދައި، މިފަދަ ތަކެތި ނީލަމަށް ފޮނުވުމުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން
- ޕްރޮކިއުމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ޕޯސްޓް ކުރަންޖެހޭ ތަކެއްޗާއި ލިޔުން ފަދަ ތަކެތި ޕޯސްޓް ކުރުމާއި ލިޔަންޖެހޭ ސިޓީ ނޯޓު ފަދަ ތަކެތި ލިޔެ ފޮނުވުން.
- މުވައްޒަފު ކުރާ މަސައްކަތްތަކާ ބެހޭގޮތުން ސެކްޝަން ނުވަތަ ޔުނިޓުގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތު ދެވޭގޮތަށް ރެކޯޑްސް ބެލެހެއްޓުން.
- ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.
- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ބެލުމާބެހޭ އެންމެހާ ކަންކަން ކުރުން.
- މި ނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
- ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފައިސާއާބެހޭ މަސައްކަތް.
- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 13 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 14 ޖަނަވަރީ 2015 އާއި 04 ފެބުރުވަރީ 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
06 ރަބީޢުލްއައްވަލް 1436
|