އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ

މިކޮމާންޑުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ރޭންކް:

ސީ.އެސް-2

ޑިވިޜަން/ޔުނިޓް:

  • ކޫއްޑޫ އެއަރޕޯޓް

މުސާރަ:

-/5920ރ

ސަރވިސް އެލަވަންސް:

-/1500ރ

އިތުރު ޢިނާޔަތްތައް:

ކޮއްތުފައިސާ -/60ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ސްޕެޝިއަލް ޑިއުޓީ އެލަވަންސް (މުސާރައިގެ %35)

ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ

އަދަދު:

ބޭނުންވާ އަދަދު: 1 (އެކެއް) އަންހެން

ތަޢުލީމާއި ތަޖުރިބާ:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާ ދެމެދު.

އިސްކޮޅު:

5 ފޫޓު ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ކޫއްޑޫ އެއަރޕޯޓް

(މީގެ އިތުރުން ދިމާވާ ޙަލާތަކާ ގުޅޭގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ކޮންމެ އެއަރޕޯޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން؛
  • މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފާސްކުރުން.

ފޯމު ހުށަހަޅަންވީ ތާރީޚު:

2015 ޖަނަވަރީ 12 ވާ ހޯމަ ދުވަހު މެންދުރުފަހުގެ 15:00 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއޯޓަރޒް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ).
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ފަދަ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ރީޖަނަލް އެއަރޕޯޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުމާއި އިމްތިޙާން ކުރުން:

މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް (ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާ އަށް ބެލުމަށްފަހު) ކުރުމަށްފަހު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހޮވޭ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ 2015 ޖަނަވަރީ 15 ވަނަ ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑް ކުއޯޓަރޒް (ސްޓާފް ކުއޯޓަރޒް 2، 1 ވަނަ ފަންގިފިލާ) ގައެވެ. ވީމާ މިމަޤާމަށް އެދިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެލެއްވުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3013435 އަދި 3013436 ނަންބަރު ފޯނާއެވެ.

މި ކޮމާންޑްގެ ވެބްސައިޓް www.avsecom.gov.mv އިން އަދި www.csc.gov.mv އިން ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.           

07 ރަބީޢުލްއައްްވަލް 1436

29 ޑިސެންބަރު 2014
ހޯދާ