އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އައި.ސީ.ޓީ ޑިވިޜަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)38-AD/38/2023/125 :ނަންބަރު

އިޢުލާނު

އައި.ސީ.ޓީ ޑިވިޜަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އައި.ސީ.ޓީ ޑިވިޜަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު)  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

19 މާރިޗު 2023
ހޯދާ