ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން ގެނެސްފައިވާ ހާފިޒުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ތަރާވީޙް ނަމާދުކުރުމަށް ގެނެސްފައިވާ ޕާކިސްތާނުގެ 2 ހާފިޒުންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބިޑް ރަޖިސްޓްރީ ކުރާ ފޯމް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 މާރިޗް 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާން އާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރީކުރާ ފޯމް މި ކައުންސިލުގެ ރިސެޕްޝަނަށް ހުށަހަޅުއްވައިގެން ނުވަތަ [email protected]  މެއިލްކުރެއްވުން އެދެމެވެ.

 

މިއިޢުލާނާއިގުޅޭ ބިޑު ބަލައިގަތުން ހަމަޖެހިފައިވަނީ 2023 މާރިޗް 26 ވާ އާދީއްތަ ދުވަހު 13:00 ގައި މި ކައުންސިލްގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

 

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 ފެބްރުވަރީ 22 ވާ ބުދަ ދުވަހުގެ 13:00 ކުރިން [email protected]  އީމެއިލް ކުރެއްވުމަށް ނުވަތަ 6500019 ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

19 މާރިޗު 2023
ހޯދާ