ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ހޯރަފުށީގެ ބަނދަރުގައި ޖެހުމަށް ހަމަޖެހިފައިވާ ބޯޑުތަކާއި އެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަދި މަގު ބަންދުކުރުމުގެ ބޯޑުތަކުގެ މަސައްކަތް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 މާރިޗް 19 ވަނަ ދުވަހުން ފެށިގެން 2023 މާރިޗް 22 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ރަޖިސްޓްރީ ނަންބަރު / އައި.ޑީ ކާރޑް ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޮބައިލް ނަންބަރު:
މަޢުލޫމާތު ދިނުމުގެ ސެޝަން:
މި ބީލަމާ ގުޅިގެން ބައްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނީ 2023 މާރިޗު 22 ވާ ބުދަ ދުވަހުގެ 13:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުއްވުމަށް 2023 މާރިޗް 27 ވާ ހޯމަ ދުވަހުގެ 11:00 އަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގެ ކޮންފަރެންސް ހޯލަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަންތައް ހުޅުވާނީ ބީލަންތައް ބަލައިގަތުމަށްފަހު ބީލަންތައް ހުށަހަޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 45 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރެއްވުމަށް ފަހުއެވެ.
ކޯޕަރޭޓް އެފެއާރޒް ޔުނިޓް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: ހޯރަފުށީގެ ބަނދަރުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ބޯޑުތައް ހެދުމާއި އެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އަދި މަގު ބަންދުކުރާ ބޯޑުތައް ހެދުމުގެ މަސައްކަތް.
(IUL)247-CA/247/2023/41:އިޢުލާނު ނަންބަރު
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
19 މާރިޗު 2023