މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގެވަޅުތައް ސާފުކުރުމާއި ގުޅޭ

             މިރަށުގައި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ހުރި ފަޅުގޯތިތަކާއި ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގިނަ ގޯތިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ވަރަށް ބޮޑަށް ދަތިވުމާއި،  އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެކަމަކީ ރަށުގެ ސާފުތާހިރުކަން ގެއްލިދާ ކަމެކެވެ.  

             ވީމާ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އެފަދަ ތަންތަން ނޮޅައި ސާފުކޮށް ދެއްވުން އެދި ދެންނެވީމެވެ. އަދި މީގެ ކުރިންވެސް އެތަށްފަހަރެއްގެ މަތިން މިކަން އަންގާ އިއުލާން ކުރެވިފައިވާނެއެވެ. ފަޅުގޯތި ތަކާއި ދޫކޮށްފައިވާ ގެވަޅުތަކަކީ ކައުންސިލުން އެންގުމުން ސާފުކުރާ ތަނެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވިސްނަވާ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސް ކުރަމެވެ.  

             މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2023
ހޯދާ