މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުތެރެއަށް މަހުބޮލާއި ކަރުގޮހޮރުފަދަ ތަކެތި އެޅުމާއިބެހޭ

             ރަށުގައި މަސްވެރިކަން ކުރަމުންގެންދާ ބައެއް ފަރާތްތަކުން މަސްކަނޑާއިރު މަހު ބޮލާއި، ކަރުގޮހޮރު ފަދަ ތަކެތި ގިނަ އަދަދަކަށް ފަޅުތެރެއަށް އެޅުމުގެ ސަބަބުން ނުބައިވަސް ދުވުމާއި، ފަޅުތެރޭގައި ހިބަރު ބޯފަދަ ބޮޑެތި މަހުގެ ބޯ ކުނިވެގެން ފެންމައްޗަށް އަރާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ ފަރާތްތަކަށް އުނދަގޫވުމާއި ދުވާ ނުބައި ވަހުގެ ސަބަބުން އާއްމުންނަށް އުނދަގޫވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިކަމަކީ މީގެ ކުރިންވެސް މިކައުންސިލުން މަނާކޮށްފައިވާ ކަމެކެވެ.

             ވީމާ، ފަޅުތެރެއަށް މަހުބޮލާއި ކަރުގޮހޮރުފަދަ ތަކެތި އެޅުން މިއަދުން ފެށިގެން ހުއްޓާލުމަށް ތަކުރާރުކޮށް އަންގަމެވެ.

             މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2023
ހޯދާ