ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ ސަމާލުކަމަށް.

ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ ސަމާލުކަމަށް.

ގދ.ފަރެސްމާތޮޑާ އެއާޕޯޓް ދަތުރުތައް ފެށުމާއި ގުޅިގެން މި ސަރަޙައްދުގައި ދަތުރުފަތުރު ކުރާ އުޅަދުތައް ވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ހައިސްޕީޑް ލޯންޗުފަހަރުގެ ދަތުރުތައް ގިނަވާނެއެވެ. އެހެންކަމުން ހިގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް ކަނޑުދަތުރު ކުރުމުގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ދަތުރުކުރާ ފަރާތްތަކުން ވަކިން ޚާއްސަކޮށް މަސްވެރިކަން ކުރުމަށް ރޭގަނޑު ނުކުންނަ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އެގޮތުން ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާއިރު ނެވިގޭޝަން ޖައްސާގެން ދަތުރުކުރުމާއި މަސްބޭނުނުމަށް ނުވަތަ މަޑުކޮށްގެން ތިބޭއިރު އެންކަރ ލައިޓް ޖައްސަގެން ތިބުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ދަންނަވަމެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

27   ޝައުބާން   1444

19   މާރޗް     2023

19 މާރިޗު 2023
ހޯދާ