މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓް

މި މިނިސްޓްރީގެ ޓްރޭޑް އިންފޮމޭޝަން ސިސްޓަމް (ބޮލި) އަޕްގްރޭޑްކޮށް، ސިސްޓަމަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ލޯކަލް ކޮންސަލްޓެންޓުން ބޭނުންވެއެވެ. ބޮލި ސިސްޓަމް އަޕްގްރޭޑްކޮށް، ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެކުލަވައިލާ ޓީމުގައި، ޓީމް ލީޑަރުގެ އިތުރުން 2 ޕްރޮގްރާމަރުން ހިމެނެންޖެހެއެވެ. 

މިކަމަށް އެދި ޝައުޤުވެރިންކަން ހުށަހަޅާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.

  • ޓީމުގެ ކޮންމެ މެންބަރެއްގެ ޕްރޮފައިލް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު އަދި ރިފަރެންސް ލިއުންތައް.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،15  ޖަނަވަރީ 2015 ގެ 14:00 ގެކުރިން، ތިރީގައިވާ އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 މަޤާމުތަކުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333196 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

06 ރަބީއުލްއައްވަލު 1436

28 ޑިސެންބަރު 2014
ހޯދާ