މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

-/6295 ރ ، ސަރވިސް އެލަވަންސް: -/3,500 ރ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35  

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ.މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ރެގިއުލޭޝަންސް ޑިވިޝަން/ޓެކްނިކަލް ރެގިއުލޭޝަންސް ސެކްޝަން/ޓެކްނިކަލް އިންސްޕެކްޝަންސް އެންޑް މީޓަރ އެގްޒޭމިނޭޝަންސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  4. އެނަރޖީ، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕަވަރަ ސިސްޓަމް ޑިޒައިންތައް ފާސްކުރުން.
  2. ޕަވަރ ސިސްޓަމްތައް ޤަވާއިދަށް ފެތޭތޯ މޮނިޓަރކުރުން.
  3. ޕަވަރ ސިސްޓަމްތައް ރަޖިސްޓަރކޮށް އޮޕަރޭޓިން ލައިސަންސް ދޫކުރުން.
  4. ޕެނަލްބޯޑުގެ ޑިޒައިން ފާސްކުރުން.
  5. ޤަވާޢިދުތަކާއި މިންގަނޑުތަކާ ބެހޭ ޓެކްނިކަލް މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.
  6. ޤަވާޢިދުތަކާއި މިންގަޑުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން
  7. އަލަށް އެކުލަވާލެވޭ ޤަވާޢިދުތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3019100 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އެނަރޖީ ރެގިއުލޭޝަންއާ ބެހޭ ދާއިރާގައި ނުވަތަ ގުޅުން ހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. އެނަރޖީ ސެކްޓަރގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ހަކަތައިގެ ދާއިރާއިން އެކުލަވާލަން ޖެހޭ ތަފާތު  ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގެ ރިޕޯޓުތައް ޢިލްމީ ދިރާސާގެ އަލީގައި ލިޔެ ތައްޔާރުކޮށް އާންމުކުރުމުގެ އަމަލީ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. ހަކަތައިގެ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ގާބިލްކަމާއި، ޤައުމީ، އަދި ބައިނަލް އަޤުވާމީ ފޯރަމުތަކުގައި ދާއިރާ ތަމްސީލު ކުރުމުގެ ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާ މިންވަރު.
  5. އެނަރޖީ ސިސްޓަމް ދިރާސާކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ ބޭނުންކުރަން އެގުން.
  1. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

  އިންޓަރވިއުއާއި އިމްތިޙާން ކުރުން 15 ޖަނަވަރީ  2015 އާއި 15 ފެބުރުވަރީ 2015 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

                        6 ރަބީޢުލްއައްވަލް   1435  

29 ޑިސެންބަރު 2014
ހޯދާ