މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ބާއްވާ އެއްދުވަހުގެ ވާރކްޝޮޕްގައި ބައިވެރިވުމާބެހޭ

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އިސްލާމިކް ރިސާރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް (އިރްތީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން ޑްރާފްޓް ކުރެވިފައިވާ ޒަކާތުގެ ބިލާ ބެހޭގޮތުން މަޝްވަރާކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ ވާރކްޝޮޕެއް 2015 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 12 ވަނަދުވަހުގެ 8:30 ން 17:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުންގެ ތެރެއިން 5 ފަރާތަކަށް ހުޅުވާލަން މި މިނިސްޓްރީން ވަނީ ގަސްދުކޮށްފައެވެ.

ވީމާ, މިވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 6 ޖަނަވަރީ 2014 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން އައި.ޑީ.ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

8 ރަބީޢުލްއައްވަލް 1436

30 ޑިސެންބަރު 2014
ހޯދާ