ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރަޖިސްޓަރީނުކޮށް ހިންގާ ސްކީމްތަކާ ގުޅޭ ޝަކުވާ ހުށަހެޅުން

މި އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ޤާނޫނު ނަންބަރު: 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާ، އިންވެސްޓަރުންގެ މަޞްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ކުރިޔަނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

 

މި އޮތޯރިޓީން، 'ސެކިއުރިޓީޒް' މާނަކޮށްފައިވަނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓުކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަޤުޞަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓުކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުޢާމަލާތަކީ، 'ސެކިއުރިޓީޒް' މާނައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

 

އެހެންކަމުން، މާލީ ސެކިއުރިޓީޒްގެ މުޢާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ  މުޢާމަލާތެއް، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް ޢަމަލުކުރުމަކީ، މި އޮތޯރިޓީގެ ނަންބަރ (IUL)179/179/2022/3 (24 އޭޕްރީލް 2022) އިޢުލާނުގައި މަނާކަމެއް ކަމުގައި ވާނީ އަންގާފައެވެ. އަދި މި އިޢުލާނުގައި އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން އިންވެސްޓަރަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، މި އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މި އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާތަކުގެ މައްސަލަތައް މިދަނީ ބަލާ ތަޙުޤީޤުކުރަމުންނެވެ.

 

ވީމާ، މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، 30 މާރިޗު 2023 ގެކުރިން މި އޮތޯރިޓީއަށް، އީމެއިލް ([email protected]) މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ދަންނަވަމެވެ.

16 މާރިޗު 2023

16 މާރިޗު 2023
ހޯދާ