ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޗާނދަނީމަގާއި، އިތުބާރުމަގާ ދެމެދު އަތިރިމަތީގައިހުރި ރުއްތައް ކުއްޔަށް ދޫކުރުމާބެހޭ

ގދ. ރަތަފަންދޫ ޗާނދަނީމަގާއި، އިތުބާރުމަގާ ދެމެދު އަތިރިމަތީގައިހުރި ރުއްތައް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/40 އިޢުލާނާއި، 420/2014/44 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ރަތަފަންދޫ އިތުބާރުމަގާއި ޗާނދަނީމަގާ ދެމެދު އަތިރިމަތީގައި ނަންބަރު 111 ޖަހާފައިވާ ފޯދުނު 28 ރުއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ގދ. ރަތަފަންދޫ ކައުންސިލުގެ 2014 ވަނަ އަހަރުގެ 40 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާޤުން ފާސްކޮށް ނިންމާފައިވާތީ، މިރުއްތައް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި 28 ރުއް ކުއްޔަށް ދޫކުރުމަށްޓަކައި ފެށޭ އަގަކީ -/280 ރުފިޔާއެވެ. އަދި، މިރުއްތައް ކުއްޔަށް ނަންގަވާ ފަރާތަކުން މިރުއްތަކުން ވެއްޓޭފަނާއި، އުނބު އަދި އިހާފަދަތަކެތި ނަގަންޖެހޭނެކަމަށްވެސް ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިރުއްތައް ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ބީލަން ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ރަބީޢުލްއައްވަލް 1436

28 ޑިސެންބަރު 2014
ހޯދާ