ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއޯރމަންޓް އޮފިސަރ – (ވަގުތީ، 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

މަޤާމު:   ޕްރޮކިއުމަންޓް އޮފިސަރ – (ވަގުތީ، 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު 10000ރ އާއި 13000ރ އާ ދެމެދުގެ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަން ޖެހޭ ތަން:  ތިލަފުށި ކޯޕަރޭޝަން ހެޑް އޮފީސް، މާލެ

ސެކްޝަން: ޕްރޮކިއުމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން  ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ލެވަލްގެ ސަނަދެއް އޮތުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ.އޭ ލެވެލް ފެންވަރު ހުރުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި ނެގޯޝިއޭޓް ކުރުމާއި، ތަކެތީގެ އަގަށާއި ކޮލިޓީއަށްބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

2. ޕާރޗޭސް އޯޑަރ ތައްޔާރުކުރުން.

3. ކޯޕަރޭޝަނަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސްހިސާބުތައް ހެދުން.

4. ބިޑް އަދި އެއާ ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކުރުމާއި، އިޢުލާންކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

5. ޝެކްޝަނަށް ލިބޭ ސިޓީ ފަދަ ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.

6. ޕްރޮކިއުމަންޓް ޝެކްޝަނުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

8 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

30 ޑިސެންބަރު 2014
ހޯދާ