ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް ހަރުކުރުމުގެ  މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ

1.  މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2023 މާރިޗު 19 ވާ އާދިއްތަ ދުވަހު ހެނދުނު 09:00   ގައި  ސްކޫލުގެ އޮފީހުގައެވެ.

2.  ކޯޓޭޝަން ހުށަހެޅުން އޮންނާނީ  2023 މާރިޗު 20 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ސްކޫލް އޮފީހުގައެވެ. ކޯޓޭޝަން ހުށަހެޅުން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު

ޝެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށެވެ.

 

މަސައްކަތުގެ ތަފްސީލް

ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

ތަޢާރަފު:

ފެނަކަ ކޯޕަރޭޝަނުން ސްކޫލަށް ވައްދާފައިވާ ސަޕްލައިޑް ފެން ކަނެކްޝަނުން، ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި މިއިން ކޮންމެތަނެއްގައި އާރް.އޯ

ޕިޔުރިފިކޭޝަން ސިސްޓަމް ހަރުކުރުމާއި މި ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތްތައް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1. ފެން ހޮޅި އަޅަންޖެހޭ ތަންތަން

1.1 ސްކޫލް އޮފީސް ޓީ-ރޫމް

1.2 ފަސްޓް ފްލޯގެ ސްޓާފްރޫމް

1.3 ބައޮލޮޖީ ލެބޯރެޓަރީގެ މައި ދޮރުގެ ބޭރު

1.4  ފަސްޓް ފްލޯގެ ދަރިވަރުންގެ ފާޚާނާގޭ ބޭރު

1.5  މަލްޓިޕާޕަސް ހޯލްގެ އިރުމަތި ފަރާތުގައި ހުރި ފާޚާނާ އާއި ޗޭންޖިންގް ރޫމްގެ ދެމެދުން ބޭރުގެ ކޮރިޑޯ

2. މަސައްކަތުގެ ތަފްޞީލު:

2.1 މި މަސައްކަތުގައި ހިމެނޭ 5 ތަނަށް ފެންވައިރުކުރުމަށް ހޮޅި އަޅަންވާނީ ބިންގަނޑު ކޮނެގެން އަޑިން ހޮޅިލައިން ގެންދާ ގޮތަށެވެ. އަދި ހޮޅިލައިން އެޅުމުގައި

މަސައްކަތްކުރަންވާނީ މަޢުލޫމާތު ސެޝަނުގައި މަޢުލޫމާތު ދޭގޮތަށެވެ.

2.2 ފެންވައިރުކުރުމަށްފަހު ކޮންމެ ތަނެއްގައިވެސް އިސްކުރެއް ހަރުކޮށް ސްކޫލުން ދޭ އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް އާއި ގުޅާލަންވާނެއެވެ. އަދި 1.1 އާއި 1.5ގައި

ހިމެނޭ ތަންތަނުގައި ޕިއުރިފިކޭޝަން ސިސްޓަމަށް ކަރަންޓް ލިބޭނެ ގޮތަށް ކަރަންޓް ވައިރިންގް އަޅައި މައި ސޮކެޓް ހަރުކުރަންވާނެއެވެ.

2.3 އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް އިންސްޓޯލް ކުރަންވާނީ ވޭސްޓްގެ ގޮތުގައި ބޭރުވާ ފެން ހިންދޭނޭ އެކަށީގެންވާ ރަނގަޅު ގޮތަށް ފެން ހޮޅި އަޅައިގެންނެވެ.

2.4 މަސައްކަތަށް ބޭނުންވާ ފެންވައިރިންގ އަށް ބޭނުންވާ ތަކެތީގެ ތެރެއިން ހޮޅި ލައިން އެޅުމަށް ބޭނުންވާ ހޮޅި، އިސްކުރު، ޓީ، އެލްބޯ، ހޮޅި ތަތްކުރާ ތެރަސް،

ކަރަންޓް ވައިރިންގް ކޭބަލް، ސޮކެޓް، ކޭސިން ފަތި، އަދި އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް ފޯރުކޮށްދޭނީ ސްކޫލް އިންނެވެ.

2.5 މި މަސައްކަތް ހިނގަމުންދާ ވަގުތު މަސައްކަތާއި ޙަވާލުވާ ފަރާތުގެ ސުޕަވައިޒަރަކު އަބަދުވެސް މަސައްކަތް ބެލެއްޓުމަށްޓަކައި ސްކޫލުގައި ހުންނަންވާނެއެވެ.

2.6 މަސައްކަތް ކުރަންވާނީ މަސައްކަތްކުރާ ސަރަޙައްދު ސާފްތާހިރުކޮށް އޮންނާނެގޮތަށެވެ. މަސައްކަތް ނިންމުމަށްފަހު މަސައްކަތްކުރި ސަރަޙައްދު ރަނގަޅަށް ސާފުކޮށް ކުނި އުކާލަން ވާނެއެވެ.

3. މަސައްކަތުގެ އަގު ހުށަހެޅުމުގައި އަންނަނިވި މަޢުލޫމާތު ހިމެނުން

3.1  މަސައްކަތަށް ހޭދަވާނެ މުއްދަތު (ބަންދު ދުވަސް ހިމަނައިގެން)

3.2  މަސައްކަތް ކުރާނެ ގަޑިތަކުގެ ތަފްޞީލު

3.3  ފެން ހޮޅި އަޅަންޖެހޭ ތަންތަން ( ނަމްބަރު1 ) ގައި ހިމެނޭ ކޮންމެ ތަނެއްގެ މަސައްކަތަށް ހޭދަވާނޭ އަގު ވަކިވަކިން އެނގޭނެގޮތަށް ތަފްޞީލް

 

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން: 7940633

16 މާރިޗު 2023
ހޯދާ