ދިވެހިރާއްޖެ
މިކުންފުނިން 9 (ނުވައެއް) ރަށެއްގައި ޤާއިމްކޮށްފައިވާ ކޯލްޑް ސްޓޯރޭޖް ޔުނިޓުތަކަށް ބޭނުންވާ ސަޓަރު ސަޕްލައިކުރުމާއި އެތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
ބިޑުގައި ރަޖިސްޓްރީ ކުރުން |
https://forms.office.com/r/cdp55a2tLqމިލިންކުން ރަޖިސްޓަރީ ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސެޝަނެއް ނުއޮއްނާނެއެވެ. ނަމަވެސް އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 21 މާރިޗް 2023 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް: [email protected] އަށް ސުވާލުގެ ޖަވާބަށް އެދި އީމެއިލް ކުރެއްވޭނެއެވެ. 21 މާރިޗް 2023 (އަންގާރަ) ދުވަހުގެ 14:00 ގެ ފަހުން ފޮނުވާ އީމެއިލަށް ޖަވާބެއް ނުދެވޭނެއެވެ. |
އަންދާސީ ހިސާބު ބަލައިގަތުމާއި ބިޑު ހުށަހެޅުން |
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ހ.އޯރކިޑް، 8 ފަންގިފިލާ، އަމީރު އަހުމަދު ހިނގުން
|
ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ ހުންނަ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި އެކަށީގެންވާ ސަބަބަކާހުރެ ކޮންމެ ވަގުތެއްގައިވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.