މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2023 އާ ގުޅޭ

އިޢުލާން 

 

ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2023 އާ ގުޅޭ

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފްކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2023" އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިއެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށް ދެވޭ އެވޯޑެކެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 30 އޭޕްރިލް 2023 (އާދީއްތަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދި ދެންނެވީމެވެ. އަދި މި ޑިވިޜަންގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.princess-srinagarindraaward.org/) އަދި މިމިނިސްޓްރީގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަންގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

23 ޝަޢުބާން  1443ހ.

16 މާރިޗު 2023
ހޯދާ