މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާގެ ފުރުޞަތު

އިޢުލާން

ސިފައިންގެ ވަޒީފާގެ ފުރުޞަތު

ފެންވަރު ނުވަތަ ޝަރުތު:

  •      ދިވެހި ރައްޔިތެއްކަމުގައިވުން.
  •      ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  •      ޢުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  •     ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.
  •     ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  •     އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
  •     އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.

ނޯޓް:

  •   ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  •  މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2023 އެޕްރީލް  30 ގެ ނިޔަލަށެވެ.
  •  ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  •  ވަޒީފާއަށްއެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އެޕްރީލް 16 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް މި މިނިސްޓްރީންނެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ [email protected] އަށެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ.
  •  އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވާފަރާތްތަކުން ފޯމް މިނިސްޓްރީއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުން އެދެމެވެ. މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެއެވެ.

އިތުރު މަޢުލޫމާތު: ފޯން 3035830 އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

16 މާރިޗު 2023
ހޯދާ