ދިވެހިރާއްޖެ
އިޢުލާން
ފުޓްބޯޅަ މެދުވެރިކޮށް އަންހެންކުދިން ބާރުވެރިކުރުން
ޔޫ.އެސް މިޝަން މޯލްޑިވްސް އާއި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާރސް (އީ.ސީ.އޭ) އަދި އެފް.އެޗް.އައި360 އިން ގުޅިގެން އުމުރުން 15–18 އަހަރުގެ އަންހެންކުދިންނަށް، ޔޫ.އެސްއަށް ގެންގޮސްގެން ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅަ ކުޅުމުގެ ހުނަރު ލިބިފައިހުރި (ޤައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައިނުވާ ކުއްޖެއް) އަންހެން ކުދިންނެވެ.
މީގެ މަޤުސަދަކީ ފުޓްބޯޅަކުޅުމަށް ފުރުސަތުތައް ތަނަވަސްވެފައިނުވާ، އަންހެންކުދިން ބާރުވެރި ކުރުވުމެވެ.
މިކުދިންނާއި އެކު ދިވެހިރާއްޖޭގެ އަންހެން ކޯޗެއްވެސް ދިޔުމަށްވަނީ ހަމަޖެހިފައެވެ.
ބޭނުންވާ އަދަދު: |
05 ( އެކެއް ) |
ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
މި ތަމްރީން ޕްރޮގްރާމްއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޔޫ.އެސް މިޝަން މޯލްޑިވްސް އިން އިންޓަވިއު ކުރުމަށްފަހުއެވެ. |
އެދެންވީގޮތާއި ސުންގަޑި: |
ތަމްރީނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރިޗް 2023 ވަނަ ދުވަހު 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ނުވަތަ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ތަމްރީނު ޕްރޮގްރާމަށް ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތަކާއި ވީޑިއޯ ކްލިޕް އަދި އިންޓަވިއުއިން އެންމެ މަތިން ފާސްވާ ކުދިންނެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347300 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މީގެ އިތުރުން، މި ޕްރޮގްރާމްއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ https://www.juliefoudyleadership.com/ މިސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ. |