ދިވެހިރާއްޖެ
މިއަހަރު ސްކޫލް ބަންދާއި ގުޅިގެން އަންނަ ބޮޑު ޗުއްޓީއާއި ދިމާކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރު ތަރައްޤީކުރުމުގެ މަޤްސަދުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ކުޅިވަރު މުބާރާތްތަކެއް (ދެ ޖިންސުގެ ވޮލީ، ފިރިހެން ފުޓްސަލް) އައުޓްސޯސްކޮށްގެން ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 88 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މި މުބާރާތްތައް ރާވާ ހިންގާދިނުމަށް ޝައުޤުވެރިވާ ކުލަބް ޖަމިއްޔާ ޖަމާތްތަކުން 21 މާރޗް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައިއޮންނަ މައުލޫމާތް ދިނުމުގެ ބައްދަލުވުމަގައި ބައިވެރިވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މައުލޫމާތް ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ކުލަބް ޖަމިއްޔާ ޖަމާތަތަކުން ހުށައަޅާ ޕްރޮޕޯސަލްތަކާއި ގަޑިޖެހިގެން ހުށައަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
24 ޝައުބާން 1444
16 މާރޗް 2023