ދިވެހިރާއްޖެ
އުތުރު ބަނދަރުގެ ރުއްގަނޑު ކުއްޔަށް ދޫކުރުން
އަލިފުށީ އުތުރުފަރާތުގެ ބަނދަރުގެ ރުއްގަނޑުގައި ހިމެނޭ 34 ރުކާއި، ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ހިމެނޭ 10 ރުއް (ޖުމުލަ 44 ރުއް) 3 އަހަރުދުވަހަށް ވަރުވާއަށް ކުއްޔަށްދޭން ބޭނުންވެއްޖެއެވެ.
ރުއްގަނޑު ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ސިޓީލާނީލަމުގައެވެ. މިގޮތުން، އަހަރުދުވަހަކަށް ރުއްގަނޑުގެ މޫނުމަތީ އަގުކަމުގައި ބަލާނީ (އެންމެ ދައްއަގު) 5000/- ރ އެވެ. އަދި ރުއްގަނޑު ވަރުވާއަށް ދޫކުރާނީ އަހަރަކަށް އެންމެ މަތީ އަގު ހުށަހަޅާފަރާތަކަށެވެ.
ވީމާ، މިރުއްގަނޑު ވަރުވާއަށް ނަގަން ބޭނުންވާ ފަރާތްތަކުން 2023 މާރިޗު 26 ވާ އާދިއްތަ ދުވަހުގެ 11:00ށް ކައުންސިލް އިދާރާއަށް ޙާޟިރުވެ، ސިޓީހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށަހަޅާ ސިޓީތައް ކަނޑާނީ އެގަޑީގައި ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ރަޖަބު 1444
15 މާރިޗު 2023