މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 91-އާރ/2023 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) އާ ގުޅޭ

އިޢުލާން

ގަވާއިދު ނަންބަރު: 91-އާރ/2023 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު)އާ ގުޅޭ

ގަވާއިދު ނަންބަރު: 91-އާރ/2023 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރުކުރުމާ ގުޅިގެން އެއްގަމުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށްޓަކައި ކުރިން މި މިނިސްޓްރީގެ ފަރާތުން ދޫކުރަމުންދިޔަ " ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދާބެހޭ މަޢުލޫމާތު" ޝީޓު 15 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން ހުށަހަޅަން ނުޖެހޭނެކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަދި މީގެ ކުރިން މި މިނިސްޓްރީގެ ފަރާތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅނަދު ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދިޔަ LR-1 ފޯމު މި ގަވާއިދާ ގުޅިގެން އިސްލާހުކުރެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ. އެހެންކަމުން، 15 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށްޓަކައި ބޭނުންކުރާނީ މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާ LR-1 ފޯމުކަމުގައިވެސް ދަންނަވަމެވެ.

23 ޝަޢުބާން 1444

15 ޖަނަވަރީ 2023

15 މާރިޗު 2023
ހޯދާ