އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ)، އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށް އުވާލުމާ ގުޅޭ؛

(IUL)38-CB/38/2023/122 :ނަންބަރު

އިޢުލާން 

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ)، އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށް އުވާލުމާ ގުޅޭ؛

             ޤާނޫނު ނަންބަރު 2013/4 (ސިޔާސީޕާޓީގެ ޤާނޫނު) ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މެންބަރުން ހަމަކުރުމަށް ދެވުނު 3 (ތިނެއް) މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ އިސްވެދެންނެވުނު ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، ދެންނެވުނު ދެ ޕާޓީ (މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ) ސިޔާސީ ޕާޓީގެ ދަފްތަރުން 2023 މާރޗް 15 ވަނަ ދުވަހު އުނިކޮށް އުވާލާފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

15 މާރިޗު 2023
ހޯދާ