ދިވެހިރާއްޖެ
ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ކެނދިހިޔާ ގެސްޓްހައުސްއާއި ބިން ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރި ނަންބަރު (IUL)286-CB/286/2023/13 އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ބީލަމެއް ލިބިފައިނުވާތީ މިފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ބިޑު ރަޖިސްޓްރޭޝަން |
23 މާރިޗު 2023، 14:00 ގެ ނިޔަލަށް |
|
ޕްރޮޕޯސަލް ހުށައެޅުމުގެ ބައްދަލުވުން |
30 މާރިޗު 2023، 11:00 |
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް |
މިގެސްޓްހައުސް ދޫކުރުމަށް ހަމަޖެހިފައިވާނީ ކެނދިކުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ ޖަލްސާގެ ނިންމާފައިވާ ގޮތުގެ މަތިން ކެނދިހިޔާ ގެސްޓްހައުސްއާއި ދިމާލު އަތިރިމަތިން 9500 އަކަފޫޓުގެ ބިމާއި އެކުގައި ކަމުގައިވެސް ދަންނަވަމެވެ. ވީމާ ބީޗް ސަރަހައްދު ބޭނުންކުރާނެގޮތުގެ ތަފްސީލް ޕްރޮޕޯޝަލްގައި ހިމަނަންވާނެއެވެ. ޕްރޮޕޯސަލްގައި ވިޔަފާރީގެ ވަނަވަރާއި، ގެސްޓްހައުސް އޮޕަރޭޓްކުރާނެގޮތާއި، އަލަށް އަތިރިމަތިން ދޫކުރާ ބިމުގައި ކުރާ މަސައްކަތާއި މިމަސައްކަތުގެ ފައިނޭންޝިއަލް ޕްލޭނަކާއި އޮޕަރޭޝަން ޕްލޭނެއް ހިމަނާފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ބިޑް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014 އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލެވޭނެ ކަންކަމާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކާއި، ޕްރޮޕޯސަލާއެކު ހުށައަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރަމެވެ. އެގޮތުން ޕްރޮޕޯސަލް ހުށައެޅުމުގައި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހާ ކަންކަމަށް ސާމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި ގެސްޓްހައުސްއާއި، ގެސްޓްހައުސްގެ ހުޅަނގުން ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ތަނާއި ބޮޑުމިން ދައްކުވައިދޭ ޗާޓު މިއިޢުލާނާއެކު ޝާއިޢުކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 މާރިޗު 2023