މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ގުޅޭ؛

 (IUL)307/INDIV/2023/18:ނަންބަރު

29 ޖަނަވަރީ 2023 ވީ އާދީއްތަ ދުވަހު ކުރެވުނު އިއުލާން ނަމްބަރ: (IUL)307/INDIV/2023/07ގެ މުއްދަތު 01 މާރޗް 2023 އަށް ހަމަވުމާއި ގުޅިގެން، ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 12 ވަނަ ޖަލްސާއިން ނިންމަވާފައިވަނީ، ޤަވައިދު ނަމްބަރ: 2013/R-794 ގެ 3 ވަނަ މާއްދާގެ (ށ) މިމާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް އިޢުލާންކުރާ ތާރީޚުން ފެށިގެން (3ތިނެއް) މަސްދުވަހުގެ ތެރޭގައި އެތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ މި ޤަވައިދުގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކައި ނުލައި އެތަކެތި ނެގުމުގެބާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

ވީމާ، ދެންނެވުނު މުއްދަތުގެތެރޭގައި އެފަދަ ތަކެތި ނަގާފައިނުވާނަމަ، އެތަކެއްޗަކީ ވެރިފަރާތެއް ނެތް ތަކެތި ކަމަށްބަލައި،ޤަވާޢިދު ނަންބަރު 2013/R-794 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ރ. އިންނަމާދޫ) ވާގޮތުގެމަތިން އަމަލު ކުރަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 މާރިޗު 2023
ހޯދާ