ދިވެހިރާއްޖެ
ޗާޕުމެޝިން ގަތުމަށް ބޭނުންވެއްޖެ
ރެހެންދި ސްކޫލަށް މެޝިނަރީ ގަތުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2014/227) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ ޗާޕުމެޝިނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
01 ޗާޕުމެޝިން
ވީމާ، ޗާޕުމެޝިން ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
06 ޖަނަވަރީ 2015 (އަންގާރަ) ދުވަހުގެ 12:00 އަށް |
11 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 12:00އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
08 ރަބީޢުލްއައްވަލް 1436