ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ގދ.ވާދޫ ޖަމާލުއްދީން ސްކޫލަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.
60 ސެކަންޑަރީ ޑެސްކު
60 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)
02 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)
02 ޓީޗަރސް ޓޭބަލް
02 ވައިޓް ބޯޑް
ވީމާ، މިފަރުނީޗަރ ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
06 ޖަނަވަރީ 2015 (އަންގާރަ) ދުވަހުގެ 14:00 އަށް |
11 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.
08 ރަބީޢުލްއައްވަލް 1436