މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ކަނެކްޝަން އަށް އެދި ހުށައަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތް ތަކުގެ ލިސްޓް އާންމުކުރުން.

 

ޑިޒައިން އެންޑް ބިލްޑް އުސޫލުން މިރަށުގައި ފެނުގެ ނިޒާމް ޤާއިމު ކުރުމުގެ މަޝްރޫގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައި ދިނުމަށް އެދި މިއިދާރާއަށް ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާން އާއި އެކު އާންމު ކުރަމެވެ. އަދި މިލިސްޓް އެކުވާލުމުގައި އަމަލު ކުރެވިފައިވަނީ ޤަވާއިދު ނަންބަރު :  2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ވާ ގޮތުގެ މަތިންނެވެ.

 ވީމާ، މިއުލާން އާއި އެކު މިވާ ލިސްޓުގައި އެގަވާއިދަށް ފެތޭ މިއިދާރަށް ފޯމް ހުށައެޅުއްވި އެއްވެސް ފަރާތެއް ހިމެނިފައި ނުވާނަމަ 2023 މާރިޗް 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ ހޮޓްލައިން ނަންބަރު: 7333943 އަށް ފޯމް ބަލައިގަތް ސްލިޕްގެ ފޮޓޯއެއް ވައިބަރ ކޮށްދެއްވުމަށް ދަންނަވަމެވެ.

      މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

14 މާރިޗު 2023
ހޯދާ