ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-ESMSPR/416/2023/20 (23 ފެބްރުއަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީވެ އަދި ބޭނުންވާ ސްޕެސިފިކޭޝަންގެ ކޯޓޭޝަން ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލް އިދާރާގެ ބޭނުމަށް އެޗް.އާރް ސިސްޓަމް އެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.

ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 މާރޗް 2023 ވަނަ ދުވަހުން ފެށިގެން 22 މާރޗް  2023 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިމިވާ ލިންކުންވަދެ ފޯމް ފުރިހަމަކޮށް ބިޑްގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް: https://forms.gle/Dvf3znjLaSq8o6ZG7))

ބިޑްގައި ރަޖިސްޓަރ ވުމުން އެފަރާތްތަކާއި އޮންލައިން މީޓިންގ ލިންކް މެއިލް އިން ހިއްސާކުރެވޭނެއެވެ. ބިޑްގައި ރެޖިސްޓްރީވާ ފަރާތްތަކަށް ޒޫމް މީޓިންގ މެދުވެރިކޮށް 26 މާރޗް 2023 ގައި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބޭއްވޭ ޕްރީބިޑް ސެޝަން އޮންނާނެއެވެ. އަދި 05 އެޕްރިލް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން 'އަގުހުށަހަޅާ ފޯމު' ނުވަތަ ކޯޓޭޝަން އިން މި އިދާރާގެ މެއިލް: [email protected] އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. އަދި ބިޑްގައި ރަޖިސްޓަރނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މާރިޗު 2023
ހޯދާ