ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)KRH/PLD/2023/21 (28 ފެބުރުވަރީ 2023) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް 15 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވުނެވެ. އެހެންނަމަވެސް، ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު 20 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ.

ވީމާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކްވިޕްމަންޓް ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ދެންނެވީމެވެ.

ނޯޓް: ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 20 މާރިޗު 2023 (ހޯމަ)
  • ގަޑި: 11:30 ގައި
14 މާރިޗު 2023
ހޯދާ