މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިލާ ބިލްޑިންގް 1 ގެ 4 ވަނަ ފަންގިފިލާ އިން ހުސްވެފައިވާ އޮފީސްބައި ކުއްޔަށްދިނުން

`

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

                           އިޢުލާން ނަންބަރު : (IUL)22-EDF/22/2023/70

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފިލާ ބިލްޑިންގް 1 ގެ 4 ވަނަ ފަންގިފިލާ އިން ހުސްވެފައިވާ އޮފީސްބައި  ކުއްޔަށްދިނުން

1.      ތިރީގައި މިދަންނަވާ އޮފީސްބައި، ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު22-EDF/22/2022/299   ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އަކަފޫޓަކަށް -/25 (ފަންސަވީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • ފިލާ ބިލްޑިންގ 1 ގެ 4 ވަނަ ފަންގިފިލާ (އުތުރު) 525 އަކަފޫޓް

2.      މި ފިހާރަ ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 14 މާރިޗް 2023 އިން ފެށިގެން 21 މާރިޗް 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:         https://forms.gle/cVwsfgVDcs5C96ws8       

3.      މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 18 މާރިޗް 2023 ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

4.      ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި15,000/- (ފަނަރަހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.  

5.      ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ،   22މާރިޗް 2023 ދުވަހުގެ 10:30 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.

6.      ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް އާއި، ތަޢުލީމީ ފަންޑުގެ ފިހާރަ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.

7.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ  9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު

މާލެ، ދިވެހިރާއްޖެ.

ފޯން: , 33411933341194

14 މާރިޗު 2023
ހޯދާ