މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސީނިއަރ ޕްލޭނިންގ އެނަލިސްޓް

އިޢުލާން

މަޤާމް:

ސީނިއަރ ޕްލޭނިންގ އެނަލިސްޓް                                 

މަޤާމުގެ ނަންބަރު:

J-332340

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1                            

ޑިޕާޓްމަންޓް / ސެކްޝަން:

ނެޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް / އިކޮނޮމިކް ޔުނިޓް                        

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/ 7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ނޭޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު) ނުވަތަ؛

ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ 28% (މަހަކު).

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން ހެޑްގެ ލަފަޔާއި އިރުޝާދުގެ ދަށުން އިކޮނޮމިކް ޔުނިޓްގެ އިދާރީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރީވެ މަސައްކަތްތައް ކުރުމުގެގޮތުން އިކޮނޮމިކް ސެކްޓަރގެ މަސައްކަތްތައް ކަމާ ބެހޭފަރާތްތަކުގެ މަޝްވަރާއާއި އެކު ރާވާ، ވޯކްޕްލޭން އެކުލަވާލުމާއި ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުމާއި، އަހަރު ރިޕޯޓް ތައްޔާރުކުރުން އަދި މި މަސައްކަތް މޮނިޓަރކުރުމުގައި އެހީތެރިވެ، ޔުނިޓްގެ މުވައްޒަފުންގެ ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ތަމްރީންތަކުގައި ބައިވެރިވެ، ބައްދަލުވުންތަކުގައި ޔުނިޓްގެ ފަރާތުން ބައިވެރިވެ، އިންޕުޓްދިނުން އަދި ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ސެކްޝަނުގެ ހެޑް ނެތް ހާލަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން އެ ސެކްޝަންއާ ހަވާލުވެ ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކުރުމާއި ހަރުދަނާކުރުމަށް ބޭނުންވާނެ ކަންކަން ފާހަގަކޮށް އެކަންކަން ކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ސެކްޝަނުގެ ހެޑްއާއެކު ރޭވުން.
  2. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ގޮތުން ރާއްޖެއާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބަލައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން/ފްރޭމްވޯރކް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުގެ މަޝަވަރާއާއި ލަފަޔާއެކު އެކުލަވާލުމުގެ މަސައްކަތްކުރުން އަދި ސެކްޓޯރަލް (ސޯޝަލް، އިކޮނޮމިކް، ގަވަރނަންސް، ތިމާވެށި އަދި އިންފްރާސްޓްރަކްޓަރ) މާސްޓަރ ޕްލޭންތަކާއި ސްޕޭޝަލް ޕްލޭންތައް، ސަރަޙައްދީ ޕްލޭންތައް، އަތޮޅު ޕްލޭންތައް، ރަށު ޕްލޭންތައް، ސަރުކާރުތަކުގެ މެނިފެސްޓޯތައް، އެސް.އޭ.ޕީތައް އަދި މިނޫންވެސް އެކިއެކި ސްޓްރެޓިޖިކް ޕްލޭންތަކާއި އެސް.ޑީ.ޖީސްގެ ލަނޑުދަނޑިތައް ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެލައިންކުރެވިފައިވޭތޯ ކަށަވަރުކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައިވާ ކަންކަން ހާސިލްވާ މިންވަރު ބެލުން އަދި ޤައުމީ ތަރައްޤީގައި އިސްކަންދޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއިއެކުކޮށް، ބޭރުގެ އެހީއާއި ބަޖެޓް އެކުލަވާލުމުގައި މިކަމަށް ރިޔާއަތްކޮށް ލަފާދިނުމާއި ޤައުމީ ތަރައްޤީ އަދި އިންޓަވެންޝަންސް ބައްޓަންކުރުން އަދި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންއެކުލަވާލުމުގައި އިންޕުޓް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމިއްޔާތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ނޭޝަނަލް ޕްލޭނިންގ ޑިވިޝަން އާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތް ކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ސެކްޓަރތަކުގެ ސްޓްރެޓަޖީ/އިންޑިކޭޓަރ ތައް ރިވިއުކޮށް ރިޕޯޓުކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތާއި ޑޭޓާ ހޯދައި ރިވިއު އެންޑް ރިޕޯޓިންގ ސެކްޝަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
  3. ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއިއެކު ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށް އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބެލުމަށް މޮނިޓަރިންގ ފްރޭމްވޯކްއެއް އެކުލަވާލައި ސެކްޓަރތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި އެސް.ޑީ.ޖީސްއާއި ގުޅިގެން ރާއްޖެ އާއި ރޭއްޖޭން ބޭރުގައި ބާއްވާ ވޯކްޝޮޕް/ސެމިނަރ/ ވެބިނަރ/ މީޓިންގތަކުގައި ރާއްޖެ ތަމްސީލްކޮށް މަޢުލޫމާތު ހިއްސާކޮށް އެސް.ޑީ.ޖީސް ހާސިލްކުރުމަށް ބޭނުންވާ ފަންޑިންގ ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ އެޖެންސީތަކާއި އަމިއްލަ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރުން އަދި އ.ދ ގެ އެޖެންސީތަކުން ރާއްޖޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްތަކާއި ގުޅިގެން ހަދާ ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
  4. ސަރުކާރާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާތައް، އާންމު ފަރުދުންނާއި ޕްރައިވެޓް ސެކްޓަރ، އެކަޑީމިއާ އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ކަށަވަރުކުރުމުގެ ގޮތުން ޤައުމީ ތަރައްޤީ  ބައްޓަންކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފާހަގަކޮށް އެފަރާތްތަކުގެ ލަފާ ހޯދުން އަދި ރަށު ލެވެލްގަޔާއި އަތޮޅު ލެވެލްގައި މި ލަނޑުދަޑިތަކަށް ވާސިލްވުމަށް ކުރެވޭނެ ކަންތައްތަކުގެ ތަމްރީން ދިނުމާއި އެސް.ޑީ.ޖީސް އާއި ބެހޭގޮތުން ހަދާ ރިޕޯޓްތަކަށް ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމުގައި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  5. ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޭމްވަރކް ފޯމިއުލޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ގޮތުން ސަރަހައްދީ ތަރައްޤީ ބައްޓަން ކުރުމަށް ސިޔާސަތު ކަނޑައެޅުމާއި ޤައުމީ ލެވެލްގައި ސެކްޓަރތަކުގެ ލެވެލްގައާއި، ވަކި ވަކި ސަރަހައްދު، ފިޒިކަލް ޕްލޭނިންގ އަދި ސްޕޭޝަލް ޕްލޭން އަދި އައިލެންޑް ލެވެލްގެ ޕްލޭންތަކުގައި ރީޖަނަލް ޑިވެލޮޕްމަންޓް ގެނެވޭނެ ގޮތުގެ މަގު ފަހިކުރުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އިރުޝާދު ހޯދައި ޤައުމީ ތަރައްޤީގެ ޕްލޭންއާއި ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޭމްވަރކް އެލައިންކޮށް އެކި ސިޔާސަތުތައް/ ސްޓެރަޓަޖީތައް މޮނިޓަރ ކުރުމުގެ ފްރޭމްވޯކްއެއް އެކުލަވާލައި މޮނިޓަރކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއް ދިމާވާނަމަ އެކަމެއް ހައްލުކުރުމަށް ލަފާދިނުމާއި އެހެނިހެން ސެކްޓަރތަކުގެ އިންޕުޓް ހޯދުމުގައި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. 1.     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 2.     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          އާކިޓެކްޗަރ 

-          ބިލްޑިންގ ސަރވޭ 

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން 

-          ބިޒްނަސް މެނޭޖްމަންޓް 

-          ސިވިލް އިންޖިނިއަރިންގ 

-          ކޮންސްޓްރަކްޝަން 

-          ކޮންސްޓްރަކްޝަން މެނޭޖްމަންޓް 

-          ޑެމޯގްރަފިކް 

-          ޑިވެލޮޕްމަންޓް ސްޓަޑީޒް  

-          އިކޮނޮމިކްސް  

-          އެންވަޔަރަންމެންޓަލް ސައިންސް 

-          އެންވަޔަރަމެންޓަލް ސްޓަޑީޒް 

-          ހިއުމަން ރައިޓްސް 

-          އިންޓަނޭޝަނަލް ރިލޭޝަންސް  

-          ޕޮލިސީ ސްޓަޑިޒް  

-          ޕޮލިޓިކަލް ސައިންސް 

-          ޕޮޕިއުލޭޝަން ސްޓަޑީސް 

-          ޕްރޮޖެކްޓު މެނޭޖުމަންޓު 

-          ކޮންޓިޓީ ސާވޭއިންގް 

-          ސޯޝިއަލް ޕޮލިސީ  

-          ސޯޝަލް ސައިންސް  

-          ސްޕާޝިއަލް ސައިންސް 

-          ސްޓްރަކްޗަރަލް އިންޖިނިއަރިންގ 

-          ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  

-          އަރބަން ޕްލޭނިންގ 

-         އާބަން ސްޓަޑީޒް 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-          އިންޓަނޭޝަނަލް ރިލޭޝަންސް

-         ސޯޝަލް ސައިންސް

-         ޑިވެލޮޕްމަންޓް ޕްލޭނިންގ

-         ކޯ ޑިސިޕްލިންތައް:

-          ޑިވެލޮޕްމަންޓް ސްޓަޑީޒް

-          އިކޮނޮމިކްސް 

-          އިންޓަނޭޝަނަލް ރިލޭޝަންސް  

-          ޕޮލިސީ ސްޓަޑިޒް

-          ސޯޝިއަލް ޕޮލިސީ

-          ސޯޝަލް ސައިންސް  

-          ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://planning.gov.mv/dv/forms/zvazeefaaaa-gulhun-huri-daunloaduthah

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 

ޕްރެޒެންޓޭޝަން

10

 

އިންޓަރވިއު

30

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މި ކްރައުޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓެއް އާއި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 މާރިޗު 2023 އާއި 20 އޭޕުރީލު 2023 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004712 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ. އީ-މެއިލްjobs@planning.gov.mv  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 މާރިޗު 2023
ހޯދާ