މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުނިމިހުރި މަސައްކަތްކުރުން

މަރޮށީ ޒުވާނުންގެ މަރުކަޒުގައި ނުނިމިހުރި މަސައްކަތްކުރުން

މިއިދާރާގެ ނަންބަރު: IUL)279-ESMS/2014/1033)ފ(18 ނޮވެންބަރު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

މަރޮށީ ޒުވާނުންގެ މަރުކަޒުގައި ނުނިމި ހުރި މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 08 ވަނަދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. އަދި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީ 15 ވަނަދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 9:00 ން 14:00 އަށް މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ