މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި ގުޅޭ

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި ގުޅޭ؛

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އިން ދިރިއުޅުމަށްޓަކައި 3000 އަކަފޫޓްގެ 100 ބަންޑާރަ ގޯތި ދޫކުރުމަށް މިކައުންސިލުން ނިންމާ، ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލު ފާސްކޮށް ވާނީ އާންމުކުރެވިފައެވެ.

އެހެންކަމުން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން އިންތިހާބު ކުރުމަށްޓަކައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ހުށައެޅުއްވުމަށް ހުޅުވާލަމެވެ.

ކޮމެޓީ މެންބަރުންގެ ޝަރުތު؛

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • ނ. މަނަދޫ ރަށްވެއްސަކަށްވުން
  • މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

ވީމާ، މަތީގައިވާ ޝަރުތުތައް ހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ނަން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާރިޗު 2023
ހޯދާ