ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މި ކޯޕަރޭޝަން ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ކަނޑައަޅައިފައިވާ ފަރާތްތަކުގެ ތެރެއިން، ފެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކޮށްދޭނެ ގާމަންޓް ޑިޒައިނަރެއް މި ކޯޕަރޭޝަނުން ބޭނުންވާތީ، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 1600 ގެ ކުރީން ތރީގައިވާ ލިންކު މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ދައުވަތު އަރުވަމެވެ.
https://forms.office.com/r/pYDgW4Mgq8
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ޝާޢިޢު ކޮށްފައިވާ މަޢުލޫމާތު ކަރުދާހުން ލިބިލައްވާނެއެވެ. ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް މިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވޭނެއެވެ. މި ސެޝަނަށް ދައުވަތު ފޮނުވޭނީ ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.