ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ (މީޑިއާ، ސޭލްސް އެންޑް މާރކެޓިންގ)

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މީޑިއާ، ސޭލްސް އެންޑް މާރކެޓިންގ)

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މިދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދު މީހެއް ކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މީޑިއާ، ސޭލްސް އެންޑް މާރކެޓިންގ މެޓީރިއަލްސް ޑިޒައިން ކުރުން
  • ސޯޝަލް މީޑިއާގައި ކުންފުނި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ޕޮލިސީސް އަދި ކޮންޓެންޓް ތައްޔާރުކުރުން
  • ކޯޕަރޭޓް ބްރޭންޑިންގ އަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުން
  • ވެބްސައިޓަށް ބޭނުންވާ މައުލޫމާތު ހޯދާ ކޮންޓެންޓް ތައްޔާރުކުރުން
  • މާރކެޓް ކުރާނެ ސްޓްރެޓެޖީ ތަކާއި ރޯލްއައުޓް ޕްލޭންތައް ހެދުން
  • ކުންފުނީގެ ޕްރޮޑަކްޓްތައް އެންމެ ރަނގަޅަށް ޢާންމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން
  • ކޭ.އޭ.ސީ.އެލް ގެ ޕްރޮޑަކްޓްސް ވިއްކުމަށްޓަކައި ގުޅުންހުރި މާކެޓްތައް ދިރާސާކޮށް އެ މާކެޓްތަކަށް ޕްރޮޑަކްޓްސް ހުށައެޅުން
  • އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވާ ހިންގުން
  • ސޯޝަލްމީޑިއާ ކެމްޕެއިންތައް ރާވާ ހިންގުން
  • މާރކެޓިންގ އެންމެހައި ލިޔެކިޔުން ތައް ބެލެހެއްޓުން

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  5000/-ރުފިޔާ
  • ސަރވިސް އެލަވަންސް 7192/- ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

2023 މާރޗް 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
13 މާރިޗު 2023
ހޯދާ