މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ ގޯތިތެރޭގެ ލައިޓްތަކުގެ ކަރަންޓް ވަޔަރިން ބަދަލުކޮށް ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް)

  (IUL)321-A/321/2023/66 :ނަންބަރު 

އިޢުލާން

ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ ގޯތިތެރޭގެ ލައިޓްތަކުގެ ކަރަންޓް ވަޔަރިން ބަދަލުކޮށް ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް)

ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ ގޯތިތެރޭގެ ލައިޓްތަކުގެ ކަރަންޓް ވަޔަރިންގ ބަދަލުކޮށް ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)321A/321/2023/62 (09 މާރިޗު 2023) އިޢުލާނާ ގުޅިގެން 3 ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، ދެވަނަ ފަހަރަށް މިކަމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ ގޯތިތެރޭގެ ލައިޓްތަކުގެ ކަރަންޓް ވަޔަރިންގ ބަދަލުކޮށް ލައިޓް ހަރުކޮށްދިނުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 މާރިޗު 15 ވާ ބުދަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ ގޯތިތެރޭގެ ލައިޓްތަކުގެ ކަރަންޓް ވަޔަރިންގ ބަދަލުކޮށް ލައިޓް ހަރުކޮށްދިނުމަށް  އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 މާރިޗު 15 ވާ ބުދަ ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 ޝަޢުބާން 1444

13 މާރިޗު 2023
ހޯދާ