މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

އާއިލާއަކީ މުޖުތަމައުގެ ތަބީޢީ އަދި އަސާސީ ބިންގާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީހިނދު، އާއިލާތައް ބިނާކުރުމާއި އާއިލާތައް ހިމާޔަތްކުރުމަށްޓަކައި އެހީތެރިވެދިނުމުގެ މަޤްސަދުގައި އަލަށް ކައިވެނި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން "ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" އެއް ފެމިލީ ކޯޓުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

 

           މި ޕްރޮގްރާމަކީ، ކައިވެންޏާ ގުޅޭ ތަފްސީލީ މަޢުލޫމާތާއި، ޞިއްޙީ ގޮތުން އެނގެންޖެހޭ މުހިންމު މަޢުލޫމާތާއި، ކައިވެންޏަށްފަހު އިގްތިސާދީ އަދި އިޖުތިމާޢީ ހަޔާތް ބިނާކުރާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން އިސްލާމްދީނުގައި ކައިވެންޏަށް ދީފައިވާ އަހުމިއްޔަތުގެ މަޢުލޫމާތު ލިބޭ ޕްރޮގްރާމަކަށްވާތީ، މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ކައިވެނިކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށްވެސް 15 މާރިޗު 2023 އިން ފެށިގެން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމާ ގުޅޭ މަޢުލޫމާތާއި، އެހީތެރިކަން ކޯޓުތަކުން ފޯރުކޮށްދެއްވަމުން ގެންދަވާނެއެވެ.

 

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މި އިޢުލާނާއި ގުޅިގެން މިކޯޓުގެ ނަންބަރު E8C-A/2020/2 (25 ފެބުރުވަރީ 2020) އިޢުލާނު (ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ދުވާފަރު ޞިއްޙީ މަރުކަޒާއެކު ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކުރި އިޢުލާނު) ބާޠިލުވީކަމުގައި ދެންނެވީމެވެ.

13 މާރިޗު 2023
ހޯދާ