ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ:
ކައުންސިލުން ކަނޑައަޅައި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާލަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިކައުންސިލުގެ ނަންބަރު:(IUL)263/263/2023/10 އިއުލާން ބާތިލްކޮށް އެމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ނެއްލައިދޫ އިޖުތީމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުގެ ގޮތުން ރަށުގެ އިޖުތިމާއީ ސަރަހައްދު ވާނީ، 13 ސަރަހައްދަކަށް ބަހާލެވިފައެވެ. މިސަރަހައްދުތަކުގެ ތެރެއިން ކޮންމެ ސަރަހައްދެއް ވެސް ހަވާލުކުރެވޭނީ ތަފާތު 13 ފަރާތަކާއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 13 މާރިޗު 2023 ވާ ހޯމަ ދުވަހުން ފެށިގެން 19 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.office.com/r/C8RdeEMPJy މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ މަތީގައި ދެންނެވި މުއްދަތުގައި ކައުންސިލް އިދާރާގެ ފޯން: 6520041 ނަންބަރާއި ގުޅައިގެން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މިއިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރީވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 20 މާރިޗު 2023 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް ނެއްލައިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 28 މާރިޗު 2023 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 މާރިޗު 2023 ވާ އާދިއްތަ ދުވަހު ހެނދުނު 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.