ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

02

ބޭނުންވާ އަދަދު

ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަރލިސިސް.

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މާލެ

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް. 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

  • ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ސުވާލު ކަރުދާސްތައް ތައްޔާރުކުރުން.
  • ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ޑޭޓާކަލެކްޝަން މަސައްކަތްކުރުން.
  • ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ތަމްރީނު ކުރުން.
  • ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
  • މި ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މަޢުލޫމާތު ފޯމުތަކުގެ ޑޭޓާ އެންޓްރީގެ މަސައްކަތް ނިމުމުން ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
  • ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރު ކުރުމާއި އަޕްޑޭޓުކުރުން.
  • ބިއުރޯގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މަޢުލޫމާތު ފޯމުތައް ކޯޑް ކުރުން.
  • ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހުއްދަ ނަގައިގެން ކުރާ ހުރިހާ ތަފާސްހިސާބުގެ ސަރވޭތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު:

 ސީނިއަރ އެކައުންޓްސް އޮފިސަރ   

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

MS1

ރޭންކް

-/6295 ރުފިޔާ

މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ފައިނޭންސް އެންޑް އެކައުންޓްސް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް.

މާލެ

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް:

1.މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  • ބިޒްނަސް އޭރިޔާ 1011ގެ ލަފާކުރާ ބަޖެޓް ތައްޔާރު ކުރުން.
  • ބިޒްނަސް އޭރިޔާ 1011ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓުގެ ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  • ބިއުރޯއިން ތައްޔާރުކުރާ ތަފާތު ފޮތްތަކާއި ސީޑީފަދަ އާމްދަނީ ލިބޭގޮތަށް ވިއްކާތަކެތި ވިއްކުމާއި ލިބޭ ފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމާ މިކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
  • މި ބިއުރޯގެ ފަރާތުން ކުރާ ދަތުރުތަކުގައި (ރާއްޖޭއާއި ރާއްޖޭން ބޭރުގެ ދަތުރުތައް) ބައިވެރިވެވަޑައިގެންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ޕޮކެޓް މަނީ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާބެހޭ ލިޔެކިއުންތައް ފުރިހަމަކޮށް އެ ފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ހަވާލުކުރުމުގައި އެހީތެރިވެދިނުން
  • އިންޓަރނަލް އޯޑިޓް ކުރުމުގައި ބަޖެޓްގެ ޚަރަދުތަކާބެހޭ ގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޯރުކޮށްދިނުން
  • ބިޒްނަސް އޭރިޔާ ނަންބަރު 1011ގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހިންގެވުމާ ހަވާލުވެހުރި މުވައްޒަފެއްގެ ލަފާގެ މަތިން ކުރުމުގެ ގޮތުން :
  • ބިޒްނަސް އޭރިޔާ 1011 ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޖެޓް ފައިނަލްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުގައި އެހީތެރިވެދިނުން. 
  • ބިޒްނަސް އޭރިޔާ 1011 ގެ މަސައްކަތާ ގުޅިގެން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކޮށް އަދި ޕޭމަންޓުތައް ފޮލޯއަޕްކުރުން. 
  • ބިޒްނަސް އޭރިޔާ 1011 ގެ މަންތްލީ ރިޕޯޓު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް ޔުނިޓް ހިންގުމާ ޙަވާލުވެ ހުރި މުވައްޒަފެއްގެ ލަފާގެ މަތިން ފައިނަލްކޮށް މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވުން.
  • ބިޒްނަސް އޭރިޔާ  1011 ގެ ޕްރޮޖެކްޓުތަކުގެ (NICEF,UNFPA,ADB) މަސައްކަތާ ގުޅިގެން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކުކޮށް) PAS އިން "ޕާރކް" ކުރުން އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޔުނިޓްހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން. 

މަޤާމުގެ މަސްއޫލިއްޔަތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިޙާނު ކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ތިންހަފްތާ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު

- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓުފިކެޓެއްނަމަ އެކްރެޑިޓު ކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މައުލާމާތު:

28 ޑިސެންބަރު 2014
ހޯދާ