މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
Hiring a party to produce promotional Materials for 2023

 

އިޢުލާން               

މި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ ފެއަރ ތަކާއި އަދި ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރުމަށް ތިރީގައިވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ހަދާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

  1. ގަލަން 10،000
  2. ކީޓެގް 10،000
  3. ސްޓްރެސް ބޯލް 4،000

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗް 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2023 މާރިޗް 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޝައުބާން 1444

 

 

 

12 މާރިޗު 2023
ހޯދާ