ދިވެހިރާއްޖެ
ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މާލެއާއި އަތޮޅުތަކުގައި މި މިނިސްޓްރީގެ ފަރާތުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ވާއިޡުން ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 01
މަސައްކަތުގެ މުއްދަތު: 03 މަސްދުވަސް
ފެންވަރު ނުވަތަ ޝަރުޠު
ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޢަރަބި އިސްލާމިކް ޔުނިވަރސިޓީއަކުން ދީނީރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
ށ- ރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
ނ- ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވެ، ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
ރ- ގިނަ ވަގުތު ދަތުރުތަކުގައި އުޅެވޭ ފަދަ ރަނގަޅު ޞިއްޙަތެއްގައިވާ ފަރާތެއްކަމުގައިވުން.
ޒިންމާ ނުވަތަ މަސްއޫލިއްޔަތު
- މި މިނިސްޓްރީން ކަނޑައަޅާ ރަށްތަކެއްގައި، މި މިނިސްޓްރީން ރާވާ ތާވަލަކާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގުމަށް ރަށްރަށަށް ދަތުރުކޮށް ވާރކްޝޮޕްތައް ބާއްވައިދިނުމާއި، ދަރުސްދިނުން.
ޢިނާޔަތާއި އެލަވަންސް
ހ- 5 ގަޑިއިރުގެ ވާރކްޝޮޕްގެ ގަޑިއިރަކަށް -/500 ރުފިޔާ
ށ- ރާއްޖެތެރޭގައި ހިންގާ ދޮޅުގަޑިއިރުގެ ލެކްޗަރއަކަށް -/950 ރުފިޔާ
މަސައްކަތްކުރަންޖެހޭ ވަގުތާއި ތަން
މަސައްކަތްކުރަންޖެހޭނީ ކޮންޓްރެކްޓްކުރެވޭ ވާއިޡުންގެ ރަސްމީ ނުވަތަ ދާއިމީ ވަޒީފާގެ ވަގުތާއި ފުށުނާރާ ގޮތަށް މި މިނިސްޓްރީން ރާވާ ތާވަލާކާ އެއްގޮތަށް، މާލެއާއި އަތޮޅުތެރޭގައެވެ.
ވީމާ، މި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަަ ދުވަހުގެ 14:00 ގެ ކުރީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީ.ވީ އަދި އައިޑެންޓިޓީ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުން އެދެމެވެ.
02 ރަބީޢުލްއައްވަލް 1436