ދިވެހިރާއްޖެ
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއްކުރުން- (3 ވަނަ އިޢުލާން)
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއް ކުރަށް ޖެހިފައިވާތީ މިމަސައްކަތް ކުރުމަށް ކުރެވުނު އިޢުލާނާއި (އިޢުލާން ނަންބަރު:(IUL)319/319/2023/8) ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތި އެ އެސްޓިމޭޓްތައް ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތުގެ މަޢުލޫމާތު: |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން، 2023 މާރިޗު 14 ވާ އަންގާރަދުވަހުގެ 11:00ށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
ބިޑްރަޖިސްޓްރީކުރުން: |
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 14 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
|
އަގު ހުށަހަޅަންވީ ގޮތް: |
- ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ. - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
|
މާރކްސް ދެވޭގޮތް: |
|
އިތުރު މައުލޫމާތު: |
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ: 6600056 / 7612867 އަށް ގުޅުއްވުން އެދެމެވެ. |
12 މާރިޗު 2023