ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާ އަދި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިތުރު ބައެއް އިމާރާތާއި ތަންތަން އަމިއްލަ ތަކެތީގައި ފެނާއި ނަރުދަމާ ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ، ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)259/2023/18 (23 ފެބްރުއަރީ 2023) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 13 މާރިޗު 2023 އިން 16 މާރިޗު 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީކުރެވުނީކަމުގައި ބަލާނީ، ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު
- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.
މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ، 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 11:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 11:30 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ މައުލޫމާތު ޝީޓެއް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.