މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލަށް ލިބިފައިވާ ޝަކުވާތަކާއި ވިލަރެސްކުރާ ކޮމިޓީ އިފްތިތާޙް ކުރުމާ ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

 (IUL)337/337/2023/36 ނަންބަރ

އިޢުލާން

ކ. މާފުށިންދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލަށް ލިބިފައިވާ ޝަކުވާތަކާއި ވިލަރެސްކުރާ ކޮމިޓީ އިފްތިތާޙް ކުރުމާ ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

 

މިކައުންސިލްގެ ނަންބަރު: (IUL)337/337/2023/26 (26 ފެބްރުވަރީ 2023) އިޢުލާނުން އާންމުކުރެވިފައިވާ "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އަށް ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކާއި ގުޅޭގޮތުން ހިޔާލާއި މަޝްވަރާ ހޯދުމަށާއި ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އިފްތިތާހް ކުރުމާއި ގުޅޭގޮތުން ތިރީގައި މިދަންނަވާގޮތަށް މާފުށީގެ ރައްވެހިންނާއި ބައްދަލުކުރުމަށް ބޭނުންވެއެވެ.  

 

ތާރީޙް

ދުވަސް

ގަޑި

ތަން

19 މާރިޗު 2023

އާދިއްތަ

20:30

މާފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު

 ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މާފުށީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

12 މާރިޗު 2023

 

12 މާރިޗު 2023
ހޯދާ