ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1444 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން.
މިކައުންސިލް އިން މިއަހަރު ރަމަޟާންމަހުގައި 'މަޑަވެލި ކައުންސިލް ޤުރުޢާން މުބާރާތް – 1444' ގައި ބައިވެރިވުމުގެ މުއްދަތު 14 މާރިޗް 2023 އަށް ވަނީ އިތުރުކުރެވިފައެވެ.
މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މާރިޗް 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި ކައުންސިލް ވައިބަރ ގްރޫޕް 'މަޑަވެލި ކައުންސިލް ނޯޓިސްބޯޑް' ގައި ހިއްސާ ކުރެވިފައިވާނެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، 14 މާރިޗް 2023 ވަނަ ދުވަހުގެ 11:00 އާއި ހަމައަށް ރަސްމީ ގަޑިތަކުގައި ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/pPEDngV6vpTRfCFr8
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.