މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ކޮންސަލްޓަންޓް

އ.ދ ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އާ ގުޅިގެން މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހިންގާ "ޑިވެލޮޕްމެންޓް އޮފް ސްޓޭންޑަޑްސް އެންޑް ސްކީމް ފޯރ ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް (ގެޕް) އިންޕްލިމެންޓޭޝަން އެންޑް ސެޓިފިކޭޝަން އިން ކަންޓްރީސް އޮފް ސާކް – ފްރުޓްސް އެންޑް ވެޖިޓަބަލްސް އިން މޯލްޑިވްސް" ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައި ވާނެއެވެ. މި ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ ވެބްސައިޓު www.mfda.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓު ކުރެވިފައިވާ ކޮޕީ
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް

މި ފަރާތަކީ އެފް.އޭ.އޯގެ އެހީގައި ހިންގާ ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް ޕްރޮޖެކްޓުގެ ދަށުން ޢައްޔަންކުރެވޭ ފަރާތަކަށް ވުމާއެކު، މި މަސައްކަތަށް މީހަކު ޢައްޔަންކުރެވޭނީ އެފް.އޭ.އޯގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ސިޓީއަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް ހެލްތު

ރޯޝަނީ ބިލްޑިންގ

ސޯސަންމަގު

މާލެ، ދިވެހިރާއްޖެ

އީމެއިލް:[email protected]

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނެ ނަންބަރަކީ 3014400 3014303 / އެވެ.

2 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ